ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2015/ 22
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 31 މޭ 2015 15:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 20 ޖަނަވަރީ 2015 ގައި ކޮށްފައިވާ IUL)197-A1/1/2015/2) ނަންބަރު އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ނުކުރެވި ގިނަދުވަސްވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

GS 3

މަޤާމުގެ ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

ސުޕްރީމް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

- ސަރވިސް އެލަވަންސް -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) 

- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50 

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- އެހެނިހެން އެލަވަންސްތައް.

 

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން  އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު،

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

- ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

 

 

މަޤާމުގެ އަސާސީ ޝަރުޠު

1. ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް ސްކޭން ކުރުމަށްފަހު ސެކްޝަންތަކާ ހަމަޔަށް ފޯރުކޮށްދިނުން.

2. ސެކްޝަންތަކުން ޑިސްޕެޗްކުރަން ގެންނަ ތަކެތީގައި ޖެމްސުން ނަންބަރުޖަހާފައި ޑިސްޕެޗްކުރުމާއި، ޕޯސްޓްކުރަން ގެންނަ ތަކެތި ޕޯސްޓްކުރަން ފޮނުވުން.

3. ކޯޓަށް އަންނަ އެކި ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ކައުންޓަރަށް އެކި ކަންކަމުގައި އަންނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

4. ކައުންޓަރުގައި ގެންގުޅޭ އެކިއެކި ފޮތްތަކާއި ރެކޯޑުތައް ބެލެހެއްޓުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

 

 

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޔުފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ.

ސުންގަޑި

1. މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން،  ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

2. އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި މި ކޯޓުގެ ރިސެޕްޝަން ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

4. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 7 ޖޫން 2015 އިން ފެށިގެންނެވެ.

 

 

އިތުރު މަޢުލޫމާތު

25 ރަޖަބު 1436

14 މޭ 2015