ދިވެހިރާއްޖެ
މިރަށުގައި ކުލަގަދަކޮށް އަލްހާއީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގެ މައުލޫމާތު ތިރީގައި އެވަނީ އެވެ.
1 - މަސްރޭސް
2 - ހުނިރޮށި ފިހުމުގެ މުބާރާތް
3 - ވާދެމުމުގެ މުބާރާތް
4 – ފައިގަތަޅާ ކުޅުމުގެ މުބާރާތް
މިމުބާރާތް ތައްކުޅެވޭނެގޮތުގެ ޤަވާއިދު މިއިއުލާނާއެކު އާންމުކުރީމެވެ.
ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 13 ޖޫން 2024 ވާ ބްރާސްފަތިދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. އަދި މީގެ އިތުރުން މިފޯމް މިމުބާރާތްތަކުގެ ޤަވާއިދާއެކު ގެޒެޓްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.
05 ޛުލްޙިއްޖާ 1445
11 ޖޫން 2024