ނޫސްބަޔާން
ނަންބަރު: (PR)203-ECA/1/2024/3
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 08:02
ސުންގަޑި: 18 ޖޫން 2024 12:30
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެގޮތުން އަޅާފައިވާ ވަގުތީ ފިޔަވަޅު އުވާލުމާގުޅޭ

އިޢުލާން

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެގޮތުން އަޅާފައިވާ ވަގުތީ ފިޔަވަޅު އުވާލުމާގުޅޭ

މިއޭޖެންސީގެ ޕްރެސް ރިލީޒް (ނަންބަރު:(PR)203-LAW/1/2024/1) ގައި ބަޔާންކޮށްފައިވާ ފަދައިން، ފަޅުކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އަންގާފައިވަނީ، މިހާރު ހިނގަމުންދާ ގާހުދުވުމުގެ މައްސަލައާ ގުޅިގެން ފަރުގެ މާހައުލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޅިފިޔަވަޅެއްގެ ގޮތުގައެވެ. އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، އަޅުގަނޑުމެން ދަންނަންޖެހެއެވެ. ދިވެހިރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައެވެ. ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫޢަވާއިރު، އީ.އައި.އޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. ހަމައެހެންމެ، ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫޢުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް 31 އޯގަސްޓް 2024 ގެ ފަހަށް ކުރިއަށްގެންދާގޮތަށް ހަމަޖައްސަވައިދެއްވުމަކީ މިއޭޖެންސީގެ ވަރަށް ބޮޑު އެދުމެކެވެ.  

 

މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ މުއްދަތުގައި އެންމެހައި ބޭފުޅުން ދެއްވި އެހީތެރިކަމަށާއި ދެއްކެވި ކެތްތެރިކަމަށް މި ފުރުސަތުގައި ނިހާޔަތަށް ޝުކުރު އަދާކުރަމެވެ. ކުރިމަގުގައިވެސް މިފަދަ އެހީތެރިކަމަކާއި އެއްބާރުލުމެއް ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ލިބޭނެކަމަށް އުއްމީދުކުރަމެވެ.

11 ޖޫން 2024