ބީލަން
ނަންބަރު: (IUL)394/394/2024/53
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 24 ޖޫން 2024 10:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލަށް 01 އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ "ލޯ ފާރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.    

          ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected]އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.

          ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފާރމް ރަޖިސްޓްރީކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

           ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

25 ޖޫން 2024 (އަންގާރަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން

27 ޖޫން 2024 (ބުރާސްފަތި)

10:30

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                           

10 ޖޫން 2024