މަސައްކަތް
ނަންބަރު: (IUL)459-A/1/2015/46
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 20 މޭ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އައްޑުއަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

"މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ، އައްޑުއަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން"

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ސެންޓަރުގެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  • އައްޑޫ ސިޓީ، ހިތަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީސް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީސް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ރަޖަބު 1436

12 މޭ 2015