ނީލަން
ނަންބަރު: MB-2015/109
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:44
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ބޭނުން ނުކުރެވޭ ސްޕެއަރތަކެއް

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/900ރ (ނުވަސަތޭކަ ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/150ރ (ސަތޭކަ ފަންސާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެމަތީ އަގު ބަންދުކޮށް 2015 މޭ 19 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދެވުން އެދެމެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7974772 ފޯނާ ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

24 ރަޖަބު 1436 

13 މޭ 2015