ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/66
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 25 ޖޫން 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ސްޕޯޓްސް ކްލަބްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު

"ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް" ގެ ލޯގޯ ޑިޒައިންކޮށް ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިއިޢުލާނާ ގުޅިގެން ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

ލޯގޯ ހުށައެޅުން:

  • ފަރުމާކޮށްފައިވާ ލޯގޯ 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ހުށައަޅަންވާނެއެވެ.
  • ލޯގޯ ހުށައަޅަންވާނީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • ލޯގޯގައި މައިގަނޑު ކުލައެއްގެ ގޮތުގައި ބޭނުން ކުރަންވާނީ ޝޭޑްސް އޮފް ބްލޫ (ނޫކުލަ) އެވެ.
  • ކެނދިކުޅުދޫ (ދި މެންގްރޫވް އައިލޭންޑް) ރަމްޒުކޮށްދިނުން.
  • ކެނދިކުޅުދޫގައި ކުޅިވަރަށް އޮންނަ ލޯބި ރަމްޒުކޮށްދިނުން.
  • ސުޕޯޓްސް ކުލަބެއްގެ ފާޑުވެރިކަން އެކުލެވުން.
  • ރަސްމީކޮށް އަދި ނުރަސްމީކޮށް އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިނުވާ އޮރިޖިނަލް ލޯގޯ އަކަށްވުން.
  • ލޯގޯ ވާންވާނީ ސްކޭލަބަލް ލޯގޯއަކަށް (ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގައި ވޯޓަރމާކްއެއްގެ ގޮތުގައި ނުވަތަ ގްރެފިކްސްއެއްގައި ބޭނުންކުރާއިރު އަސްލު ގެއްލިގެން ނުވާނެ).
  • ލޯގޯއާއިއެކު ކުލަބުގެ ނަން ލިޔާފައިވާ ލޯގޯގެ ޓައިޕޮގުރަފީ ހިމަނާފައިވާ ލޯގޯތަކަސް އިސްކަންދެވޭނެއެވެ.
  • އެނިމޭޓްކުރެވޭނެ ގޮތަށް ލޭޔަރތައް ވަކިކުރެވިފައި ހުރުން.
  • އެނިމޭޓް ކުރެވިފައިވާ ލޯގޯ ހުށައަޅާފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ލޯގޯ ހުށައަޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް  PDFސޮފްޓްކޮޕީއެވެ. (މޮޅުވާ ފަރާތުން ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ހުށައަޅަންވާނެއެވެ.(
  • ލޯގޯ ޕްރޮފައިލް އެއްހަދާ، ލޮގޯގައި ހިމެނޭ ބައިތަކުން ރަމްޒުކޮށްދޭ ކަންކަމާއި، ލޯގޯގެ މާނަ އެކުލެވޭ ޑޮކިއުމަންޓްއެއް ހަދާ ފޮނުވަން ވާނެއެވެ.
  • ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅީނީ 1 (އެކެއް) ލޯގޯއެވެ. (މެއިލް ފޮނުވާއިރު އެފަރާތުގެ އައިޑީ ކާޑު ކޮޕީ ނުވަތަ ތަމްސީލް ކުރާ ވިޔަފާރި ރަޖިސްޓްރީ ފޮނުވަންވާނެއެވެ)

މިއިޢުލާނާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، މެއިލް މެދުވެރިކޮށް ސުވާލު ފޮނުވަން ވާނެއެވެ. ސުވާލު ފޮނުވާނީ [email protected] އަށެވެ. މެއިލް މެދުވެރިކޮށް ސުވާލު ފޮނުވުމަށްފަހު ރަސްމީ އެއްދުވަސް ތެރޭގައި ސުވާލަށް ޖަވާބު ނުލިބިއްޖެނަމަ، މިކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވާ އަންގަން ވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04  ޛުލްޙިއްޖާ  1445

10   ޖޫން    2024

10 ޖޫން 2024