ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2024/72
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:54
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ

    ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު ނަންބަރު:R-102/2021 ވުޖޫދުވުމާއި ގުޅިގެން ޒޯން ލައިސެންސް ދޫކުރަމުން އައި ގަވާއިދު ނަންބަރު 05/2009 ވަނީ އުވިފައެވެ. އެހެންކަމުން ރަށުގެ ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އަލަށް ވުޖޫދުވި ގަވާއިދު ނަންބަރު:R-102/2021 އާއި އެއްގޮތަށް އެއްގަމު އުޅަނދުގެ ލައިސެންސް ނެންގެވުމަށް ދަންނަވަމެވެ. ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކަށް ލައިސެންސް ނެގުމަށްޓަކައި 3 މަސްދުވަހުގެ މުއްދަތު (25 މޭ 2024 އިން 24 އޯގަސްޓް 2024 އަށް) ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ދީފައިވާތީވެ، 24 އޯގަސްޓް 2024 ގެ ނިޔަލަށް ޒޯން ލައިސެންސް ބޭނުން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

    ވީމާ، މި އިދާރައިން ދޫކުރަމުން ދިޔަ ޒޯން ލައިސެންސް 10 ޖޫން 2024 ވަނަ ދުވަހުން (މިއަދު) ފެށިގެން ހުއްޓާލެވިފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

    މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                           03 ޛުލްޙިއްޖާ 1445

                            10 ޖޫން 2024

10 ޖޫން 2024