ދިވެހިރާއްޖެ
އިޢުލާން
މިރަށު ކަލޭފާނު ޕްރީސްކޫލްގައި 2024-2025 ވަނަ އަހަރު ކިޔަވައިދޭނެ ޓީޗަރުން ބޭނުންވެއްޖެއެވެ.
މަގާމު: |
ޕްރީ ސުކޫލް ޓީޗަރ ( މާރަންދޫ ކަލޭފާނު ޕްރީ ސުކޫލް) |
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް( މި ވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.) |
ވަޒީފާއަށް ނަގާ މުއްދަތު |
ވަޒީފާ އަށް ހަމަޖެހޭ ދުވަހުން ފެށިގެން 31 ޑިސެމްބަރ 2025 އަށް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ / މާރަންދޫ ކަލޭފާނު ޕްރީ ސުކޫލް |
މުސާރަ: |
މަހަކު 3000.0 ރުފިޔާ |
ސާރވިސް އެލަވަންސް: |
މަހަކު 2000.0 ރުފިޔާ |
އެހެނިހެން އެލަވަންސް |
1- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް: |
1- ކިޔަވައިދޭން ފެށުމުގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން ސްކޫލަށް ޙާޟިރުވުން. 2- ޤަވާއިދުން ޤައުމީދިދައާއި ސްކޫލް ދިދަ ނެގުމާއި ތިރިކުރުން. 3- ކިޔެވުން އޮންނަ ދުވަސްތަކުގައި ކްލާސްރޫމާއި، އޮފީސްބައިގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކުރުން. 4- ކިޔަވައި ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން. 5- ކިޔަވައިދޭންޖެހޭނީ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތަކަށެވެ. ނަމަވެސް އިތުރު ގަޑިތަކުގައި ސްކޫލަށް ހާޟިރުވެ އެހެނިހެން ކަންތައްތައް ކުރަންވާނެއެވެ. 6- ޕްރީސްކޫލް ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފީއާއި ޖޫރިމަނާ ފައިސާ މަހުންމަހުން ދަރިވަރުންގެ އަތުން ނަގައި މިއިދާރާއާ ހަވާލުކުރުން. 7- ބެލެނިވެރިޔާ ފީދެއްކުމުން ފީކާރޑްގައި ސޮއިކުރުމަށްފަހުވަގުތުން ކާރޑް ބެލެނިވެރިޔާއާ ހަވާލުކުރުން. 8- ޕްރީސްކޫލް ކުނިކަހާ ދުވަސްތަކުގައި ކުނިކަހަން އަންނަގަޑީގެ 15 މިނިޓްކުރިން ސްކޫލް ހުޅުވުން. 9- ގޯތިތެރޭގައި ހުސްޕެކެޓްފަދަ ތަކެތި ހުރެގެން ނުވާނެ އަދި އެފަދަ ތަކެތި ހުންނަންވާނީ ޑަސްބިން ތެރޭގައެވެ. 10- ސްކޫލްގައި ހިންގާ އެކިއެކި އެކްޓިވިޓީޒްތަކަށް ބޭނުންވާ ހޯދުމަށް ބޭނުންވާ ތަކެތީގެ ލިސްޓް 01 މަސްކުރިން މިއިދާރާއަށް ޙަވާލުކުރުން. 11- މީގެ އިތުރުން ޕްރީސްކޫލް ހިންގަވާ ވެރިޔާ އަންގަވާ ޕްރީސްކޫލުގެ އެންމެހާ ކަންތައްތައް ކުރުން. 12- އެކްޓިވިޓީ ޕްލޭންއާ އަދި ޕްލޭންގެ އިތުރުންވެސް އެއްވެސް ކަމެއް ޕްރީސްކޫލްގައި ބާއްވަންވާނީ އެއިރަކު ޕްރީސްކޫލާ ހަވާލުވެހުންނެވި ފަރާތަކަށް އެކަން އެންގުމަށް ފަހުއެވެ.
|
މަޤާމުގެ ޝަރުތުތައް: |
މިމަޤާމަށް މީހުން ހޮވުމުގައި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީސްކޫލް ޓީޗިންގ ކޯހުގެ 01 އަހަރު ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަސައްކަތުގެ ދާއިރާ: |
-ޓީޗިން ސާރވިސަސް -އެޑްމިނިސްޓްރޭޝަން -މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ،ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ)މަތީތައުލީމުދޭރާއްޖޭގެމަރުކަޒަކުންދޫކޮށްފައިވާތައުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސްފުރިހަމަކުރިކަމުގެލިޔުމުގެކޮޕީއާއިޓްރާންސްކްރިޕްޓްގެކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު"
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2024 ވާ އަންގާރަ ދުވަހު ގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
01 ޖުލައި 2024 އާއި 10 ޖުލައި 2024 އާއި ދެމެދު މާރަންދޫ ކައުންސިލް އިދާރާގައިއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. ( ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެ)
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ނޯޓިސް ބޯޑުގައާއި ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500029 ނަންބަރު ފޯނާއެވެ. އީ-މެއިލްކުރައްވާނީ " [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 ޛުލްހިއްޖާ 1445
10 ޖޫން 2024