ދިވެހިރާއްޖެ
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން މަތީއަގު ލިބޭގޮތަށް (ވެލިޔު އެޑަޑް) އުފެއްދުންތައް ތައްޔާރުކުރުމަށް ލޯނުދޫކުރުން
އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީއިން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންދާ ކޯޕަރޭޓިވްސް/ ކުންފުނިތަކުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން މަތީއަގު ލިބޭގޮތަށް އުފެއްދުންތައް ތައްޔާރުކުރުމަށް (ވެލިއު އެޑެޑް ބާވަތްތައް) އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި ލޯނަށް އެދުމުގެ ފުރުޞަތު 17 މޭ 2015 އިން ފެށިގެން 30 ސެޕްޓެންބަރު 2015ގެ ނިޔަލަށް ޢާންމުކޮށް ހުޅުވާލައިފިއެވެ.
މިފިޔަވަހީގެ ދަށުން ލޯން ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް ((www.fishagri.gov.mv އިންނާއި ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބުރާންޗް އަދި ލައިޓް ފިޔަވައި އެހެން ބްރާންޗްތަކުން ލިބެން ހުންނާނެއެވެ.
ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ބޭންކް އޮފް މޯލްޑިވްސްގެ މާލޭގެ ބްރާންޗްތަކުން (ބާޒާރު ބުރާންޗް އަދި ލައިޓް ފިޔަވައި) އަދި އެބޭންކްގެ އަތޮޅުތެރޭގެ ބްރާންޗްތަކުންނެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމަށްފަހު ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.
މިލޯނާ ބެހޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިންނާއި 3341836 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
25 ރަޖަބު 1436