ބީލަން
ނަންބަރު: (IUL)251-EDSS/251/2024/78
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 26 ޖޫން 2024 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އިރުމަތީ ފަރާތު ބަނދަރު ސަރަޙައްދުގައި ހުރި 4 ޢިމާރާތް ކުއްޔަށް ދޫކުރުން

ހއ ދިއްދޫ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދުގައި ހުރި މި ކައުންސިލްގެ 4 ޢިމާރާތެއް  15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

 1. ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ ތަފްޞީލު

ޢިމާރާތުގެ ނަން

ޖުމްލަ އަކަފޫޓް

ޢިމާރާތުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 07

1036.57

ވައިލެޓް 09

1938.79

ވައިލެޓް 10

2006.12

ވައިލެޓް 14

1028

  1. 2. ޢިމާރާތްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

(ހ)   މި ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  "ހއ ދިއްދޫގައި ހުރި ރައްޔިތުންގެ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2023" އާ އެއްގޮތަށެވެ.

(ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ޢިމާރާތްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2024 ވާ ހޯމަ ދުވަހުން ފެށިގެން 26 ޖޫން 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހަކުވެސް މި ކައުންސިލްގެ އިދާރާގެ ރަސްމީގަޑީގައި މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 100.00 ރުފިޔާއެވެ.

(ރ)  ބީލަންފޮތް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އިދާރާގެ 001 700364 7714 1289 (Revenue 1) އެކައުންޓަށެވެ. ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 9197563 ނަންބަރަށެވެ. ފައިސާ ޖަމާކުރައްވާއިރު ސްލިޕްގެ ރިމާކްސްގައި ކުއްޔަށްހިފަންއެދޭ ޢިމާރާތުގެ ނަން ލިޔަންވާނެއެވެ.

(ބ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވައިލެޓް 11  ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އަދި އެ ޢިމާރާތްތައް ހުންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު އާންމު ކުރީމެވެ.

10 ޖޫން 2024