ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ޖޫން 2024 15:40 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 09 ޖޫން 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ:
ކެޓަގަރީތައް:
(1) ނޫސްމަޖައްލާ ކެޓަގަރީ
(2) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ
ދާއިރާތައް:
(1) ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
(2) އިޖުތިމާޢީ ދާއިރާ
(3) ސިޔާސީ ދާއިރާ
(4) ޝަރުޢީ އަދި ޤާނޫނީ ދާއިރާ
(5) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
(6) ކުޅިވަރުގެ ދާއިރާ
(7) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ
(8) ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
(9) ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
(10) ފީޗަރ ރިޕޯޓުގެ ދާއިރާ
(11) ތާރީޚާއި ސަގާފަތުގެ ދާއިރާ
(12) މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
(13) ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ
(14) އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
(15) އުންމީދީ ނޫސްވެރިޔާގެ އިނާމު
(16) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
(17) އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
(18) އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް މި އިޢުލާނާއެކު އާންމުކޮށްފައިވާ ގޫގަލް ފޯމް https://bit.ly/3XfLI2t މެދުވެރިކޮށެވެ. އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް މި އިއުލާނާއެކު އާންމުކޮށްފައިއެވަނީއެވެ. އަދި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މިހާރުވާނީ ގެޒެޓްކޮށްފައެވެ.
ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނުވަތަ 7967919 ނަންބަރު ފޯނުން ލިބޭނެއެވެ.
04 ذُوالْحِجَّة 1445
09 ޖޫން 2024