ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2024/56
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 24 އޮގަސްޓް 2024 00:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ލައިސެންސް ނަންގަވާފައިވާ ފަރާތްތަކުން މިހާރުގެ ލައިސެންސަށް ބަދަލުކުރުމަށް އެންގުން

          ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޤަވާޢިދު ނަންބަރު: 05/2009 ގެ ދަށުން ދޫކުރަމުން ދިޔަ ޒޯން ލައިސެންސްތައް، ޤަވާޢިދު ނަންބަރު: 2021/R-102 ވުޖޫދުވުމާ ގުޅިގެން މިހާރު އުވިފައިވާކަމުގައި އެވުޒާރާއިން ވަނީ ދަންނަވާފައެވެ. އެހެންކަމުން މިހާރު ޒޯން ލައިސެންސް ނަންގަވާފައިވާ ފަރާތްތަކުން ޤަވާޢިދު ނަންބަރު: 2021/R-102 ގައި ބަޔާންކުރާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 3 މަސްދުވަހުގެ މުއްދަތު (25 މެއި 2024 ން 24 އޯގަސްޓް 2024 އަށް) އެ ފަރާތްތަކަށް ވަނީ އެރުވިފައިވެއެވެ. އެއާއެކު، މިހާރު ޒޯން ލައިސެންސް ނަންގަވާފައިވާ ފަރާތްތަކުން އެ ލައިސެންސް އެޒޯނެއްގައި ބޭނުންކުރެއްވޭނީ 24 އޯގަސްޓް 2024 ގެ ނިޔަލަށެވެ.

          ވީމާ، ޒޯން ލައިސެންސް ނަންގަވާފައިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިހާރުގެ ލައިސެންސަށް ބަދަލުކުރެއްވުން އެދެމެވެ.

09 ޖޫން 2024