މަސައްކަތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 12 ޖޫން 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ކޯޓްރޫމްގެ ބެކްޕެނަލް ހެދުމާއި ގުޅޭ

މިކޯޓްގެ ކޯޓް ރޫމްގައި ބެކްޕެނަލް ހެދުމާއި ފްލޯ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2024 ދުވަހުގެ 13:00 އަށް ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަންވާނީ، މިކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 10 ޖޫން 2024 ވާ ހޯމަ ދުވަހުން ފެށިގެން 12 ޖޫން 2024ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އާއި މެންދުރު 12:00 އާއި ދެމެދު ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

           މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

           މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 10 ޖޫން  2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.

          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6580268 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖޫން 2024