ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2024/38
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:14
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ލައިސަންސްއާއި ގުޅޭ

ޒޯން ލައިސެންސްއާއި ގުޅޭ

 

         ޤަވާއިދު ނަންބަރު 05/2009 ގެ ދަށުން ދޫކުރަމުންގެންދިޔަ ޒޯން ލައިސެންސް ޤަވާއިދު ނަންބަރު 2021/R-102 ވުޖޫދުވުމާއި ގުޅިގެން މިހާރު ވަނީ އުވިފައެވެ. އެހެންކަމުން މިހާރު ޒޯން ލައިސެންސް ނަގާފައިވާ ފަރާތްތަކުން ޤަވާއިދު ނަންބަރު 2021/R-102 ގައި ބަޔާންކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް (25 މޭ 2024 އިން 24 އޯގަސްޓް 2024 އަށް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ވަނީ އެ ފަރާތްތަކަށް ދެއްވާފައެވެ.

       އަދި މިހާރު ޒޯން ލައިސެންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސެންސް ބޭނުންކޮށްގެން 25 އޯގަސްޓް 2024 ގެ ނިޔަލަށް އެޒޯންއެއްގައި ދުއްވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

       ވީމާ ދެވިފައިވާ މުއްދަތުގެ ތެރޭގައި ޒޯން ލައިސެންސްތައް މިހާރުގެ ލައިސެންސްއަށް ބަދަލުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1445 L 3

9 ޖޫން 2024 

09 ޖޫން 2024