ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2024/54
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 09 ޖުލައި 2024 10:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން، ގެސްޓްހައުސް ތަރައްޤީކުރުމަށް 2500 އަކަފޫޓުގެ 1 (އެކެއް) ބިމާއި 3000 އަކަފޫޓުގެ 1 (އެކެއް)  ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. 

މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 27 ޖޫން 2024ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް، 23 ޖޫން 2024ވާ އާދިއްތަ ދުވަހުން ފެށިގެން 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 09 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ.

ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

 

 

 

 

 

 

 

ޕްރީ ރިކުއިޒިޓް

އާއެކޭ

ނޫނެކޭ

 

1

 

 

 

 

މާލީ ތަނަވަސްކަން ހުރި މިންވަރު - ލަފާކުރާ އިންވެސްޓްމަންޓްގެ %20 އިކުއިޓީ

ގެސްޓްހައުސް:

  • މަދުވެގެން ހުންނަންޖެހޭ އެނދުގެ ޢަދަދު 5 ކޮޓަރި (10އެނދު)
  • މަދުވެގެން ކޮޓަރިއަކަށް ކުރާ ޙަރަދު: -/50،000 (ފަންސާސް ހާސް ރުފިޔާ)
  • ·         މަދުވެގެން އިންވެސްޓް ކުރާނެ އަދަދު: -/2،000،000 (ދެ މިލިއަން) ރުފިޔާ

 

 

 

2

 

ޑައިވްސެންޓަރ:

  • މަދުވެގެން އިންވެސްޓް ކުރާނެ އަދަދު: -/300،000 (ތިން ލައްކަ) ރުފިޔާ

 

 

 

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

 

އިންވެސްޓްކުރާ މިންވަރު

 

 

 

40%

 

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Amount / Submitted Amount) x %40

 

 

ކުލި (އަކަފޫޓަކަށްހުށައެޅޭކުލި)

 

 

 

%40

  • ބީލަމަށް ހުށަހަޅައި ފަރާތުން ހުށަހަޅާ ކުލި / އެންމެ މަތިން ބީލަމަށް ހުށައެޅިފައިވާ ކުލި x40 )
  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އޭރިޔާގެ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ.

 

(Benchmark Amount / Submitted Amount) x 40%

 

ކޮންމެ 5 (ފަހެއް) އަހަރަކުން ކުލި ބަދަލުވާނެ މިންވަރު

 

 

 

 

  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އިތުރުކުރާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން ހުށަހަޅާ އަގަކީ ކުލީގެ %35 އަށްވުރެ ކުޑަނޫން އަގެއް ކަމުގައި ވާންވާނެއެވެ.

(Benchmark Amount / Submitted Amount) x 10%

 

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

 

 

 

%5

 

 

 

  • އިޖްތިމާއީ ކަންކަމަށް އަހަރަކަށް ހޭދަކުރާން ހުށަހަޅާނެ މިންވަރެވެ.

 

(Benchmark Amount / Submitted Amount) x 5%

 

ތަޖުރިބާ

5%

 

 

  • މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.

 

(Submitted years of experience / Benchmark  years x 5%)

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

09 ޖޫން 2024