ދިވެހިރާއްޖެ
ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ ޖާގަ އިތުރުކުރުން
މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު IUL)221-PP/221/2015/22) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ، ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލު އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލު އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
25 ރަޖަބު 1436