ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު 2024 |
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މާލެ، ދިވެހިރާއްޖެ. |
||||
Fully Funded Scholarship |
|
||||
ކިޔެވުމުގެ ފުރުޞަތު ހުޅުވާލުން |
|||||
(IUL)459-HR/459/2024/38 :ނަންބަރު |
ތާރީޚް: 09 ޖޫން 2024 |
||||
Certificate 3 in Elderly Care ސެޓްފިކެޓް 3 އިން އެލްޑަރލީ ކެއަރ |
|||||
ކޯހުގެ ޢަދަދު: 20 ފުރުޞަތު |
ލެވެލް 3 |
ކޯހުގެ ލެވެލް: |
|||
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން "ސެޓްފިކެޓް 3 އިން އެލްޑަރލީ ކެއަރ" ކޯސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނަށް ހުޅުވާލަމެވެ. ވީމާ، މި ކޯހަށް ޝައުގުވެރިވާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކޯހަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް [email protected] އަށް ފޮނުއްވުމަށް ދަންނަވަމެވެ.
މިކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ދަރިވަރުން ހޮވުމުގެ މަސައްކަތްތައް ކުރަށްވާނީ މިނިސްޓްރީގެ އެޗް.އާރުއިންނެވެ. |
|||||
ނުވަތަ 2. ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން ނުވަތަ 3. އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ކިޔަވާދޭ ބަސް އެނގުން. |
ކޯހުގެ ޝަރުތު: |
||||
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ކޯހުގެ ޝަރުތު 1 ނުވަތަ 2 އިން ޝަރުތު ފުރިހަމަވާނަމަ) - މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން - މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
ހުށަހަޅަންޖެހޭ ތަކެތި: |
||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. |
|||||
|
އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު
- ކޯހަށް އެދި ހުށަހަޅާ މުވައްޒަފަކީ އިޢުލާން ކޮށްފައިވާ ކޯސް މީގެކުރިން ފުރިހަމަކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
- އިޢުލާނަށް ކުރިމަތިލާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، މުވައްޒަފު އެހާތަނަށް ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކޮށްފައިވާ ގޮތާއި، މުއްދަތަށާއި، އެ ކޯހަކަށް ކަނޑައެޅިފައިވާ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި އަދި އެ މީހެއްގެ މަސައްކަތުގެ އަޚްލާޤަށް ބެލެވޭނެއެވެ.
- ވަޒީފާ އަދާ ކުރުމުގައި ވޭތުވެ ދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން ލިޔުމުން އިންޒާރު ދެވިފައިވާ މުވައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.
- ކޯހުގައި ބައިވެރިވާ މުވައްޒަފުން، ކޯސް ފުރިހަމަކޮށް ނިންމަން ވާނެއެވެ.
- ކޯހަށް ހޮވޭ މުވައްޒަފުން މި މިނިސްޓްރީއާއިމެދު ވެވޭ އިޤްރާރާއި އެއްގޮތަށް ދިވެހި ސިވިލް ސަރވިސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް ޚިދުމަތް ކުރާގޮތަށް ބޮންޑްކުރެވޭނެއެވެ.
ކޯހުގައި ބައިވެރިވާ މުވައްޒަފަކު ކޯސް ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ފާސްނުވެއްޖެނަމަ، އެ މުވައްޒަފަކު ތަމްރީނު ކުރުމަށް ކުރެވުނު ޚަރަދު ސިވިލް ސަރވިސްގެ ޤަވާއިދުގެ 248 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން ދައުލަތަށް ނެގޭނެއެވެ.