މުބާރާތް
ނަންބަރު: (IUL)409/409/2024/61
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 13 ޖޫން 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 އަހަރު އަޟްޙާ ޢީދުގެ މުނާސަބަތާއި ގުޅުވައިގެން ބާއްވާ މަސްރޭސް

މިއަހަރުގެ އަޟްޙާ އީދާއި ދިމާކޮށް "މަސް ރޭހެއް" ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިމަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޖޫން 2024 ވާ އާދީއްތަ ދުވަހުގައެވެ. މިމަސްރޭހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި، މަސްރޭހުގެ ޤަވާއިދު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

          ވީމާ، މިމަސް ރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން އެދި ހުށަހަޅާ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 4000012 ނުވަތަ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް މަރްޔަމް ޝިޒްނާ ނަޖީބު ނަމްބަރު 9849587 ފޯނަށް ގުޅުއްވުން އެދެމެވެ.

މުބާރާތުގެ 01 ވަނައަށް ދާ ޓީމަށް: -/3000

މުބާރާތުގެ 02 ވަނައަށް ދާ ޓީމަށް: -/2000

މުބާރާތުގެ 03 ވަނައަށް ދާ ޓީމަށް: -/1000

            މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޖޫން 2024