ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)168-CA/1/2024/57
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 11 ޖުލައި 2024 15:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2023-2024" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2023-2024" އެވޯޑްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2023-2024" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2023-2024" އެވޯޑްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2023-2024" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2023-2024" އެވޯޑްއަކީ ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ 2 އެވޯޑެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމެވެ.

މި ދެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ގާއިމްކުރެވިފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށާއި އެ ކްލަބްތަކުގެ ދަރިވަރުންނަށް ހުޅުވާލަމެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު ތިރީގައިވާ ވެބްސައިޓް ލިންކުން ލިބެން ހުންނާނެއެވެ.

 https://hrcm.org.mv/dv/human-rights-club

އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޖޫން 2024

 

09 ޖޫން 2024