ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2024/67
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި:
15 ޖޫން 2024 21:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ޖޫން 12، 13 އަދި 15 ވަނަ ދުވަހު ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ޖޫން 12، 13 އަދި 15 ވަނަ ދުވަހުގެ 19:00 އިން 21:30 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ވަޒަން/ ފްލެއަރސް ދަތުރުކުރާނީ ކ. ގިރިފުށި ހުޅަނގު ދެކުނަށް 3000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން/ ފްލެއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
09 ޖޫން 2024