ދިވެހިރާއްޖެ
(IUL)38-AC/38/2024/397 :ނަންބަރު
އިޢުލާން
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ ތާރީޚު އަދި ގަޑި ބަދަލުވުން
މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/363 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
1445 ވަނަ އަހަރުގެ އަރަފާތު ދުވަހަކީ 2024 ޖޫން 15 ވާ ހޮނިހިރު ދުވަސްކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައެޅުއްވުމާ ގުޅިގެން، 2024 ޖޫން 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 2024 ޖޫން 14 ވާ ހުކުރުދުވަހު ބޭއްވުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މި އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2024 ޖޫން 14ވާ ހުކުރު ދުވަހުގެ 14:00 އިން 20:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 23ވާ އާދިއްތަދުވަހުއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.