ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް
މިމިނިސްޓްރީގެ ނަންބަރު IUL)438-HRU/438/2015/78)ފ(20 އެޕްރީލް 2015) އާ ހަވާލާދީ ދަންނަވަމެވެ. މި އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އަލުން ނަންބަރު IUL)438-HRU/438/2015/95) އިޢުލާނުން އިޢުލާނު ކުރަމެވެ. އެހެންކަމުން، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިމިނިސްޓްރީއަށް މިކަމާ ގުޅޭ 'އެކްސްޕްރެޝަން އޮފް އިންޓަރެސްޓް' ހުށަހެޅުމަށް އެދި ދެންނެވީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި އެފެސިލިޓީގެ 6 ވަނަ ސައިކަލަށް ތައްޔާރުވުމަށް ނޭޝަނަލް ޕޯޓްފޯލިއޯ ފޯމިއުލޭޝަން އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އެކްސަރސައިޒް ހިންގާނޭ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ (އަހަރު އަދި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު) އާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ހިއުމަން ރިސޯސަސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018365
އީމެއިލް: hr @environment.gov.mv
ވެބްސައިޓް: www.environment.gov.mv