ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2024/394
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:56
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ބައި-އިލެކްޝަން (15 ޖޫން 2024) - ވޯޓުފޮށި ބަހައްޓާ ތަން އަދި ވޯޓުފޮށީގެ ކޯޑު އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

(IUL)38-AC/38/2024/394 ​:ނަންބަރު

އިޢުލާން

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2024/384 ، އާއި ހަވާލާދީ ދަންނަވަމެވެ. 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓުފޮށީގެ ކޯޑު އަދި ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

ވޯޓުފޮށީގެ ކޯޑު އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ނަންބަރު

މ. މުލައް، މުލަކު ސްކޫލުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ މުލަކު ހޭލަމޭލަ ހިނގުމުން ސޯސަންމަގަށް ގޮސް، ސޯސަންމަގުން ދެކުނަށް ހުސޭނީމަގަށް ގޮސް، ހުސޭނީމަގުން ހުޅަނގަށް އަސަރީހިނގުމަށް ގޮސް، އަސަރީހިނގުމުން ދެކުނަށް ގޮސް ދަނޑުވަށާހިނގުމާ ހަމައަށްވާ ސަރަޙައްދުގެ އިރުއުތުރުގައިވާގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

މ. މުލައް-1

K3.1

1

މ. މުލައް، މުލަކު އަހުލީ ޕްރީ ސްކޫލުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ މުލަކު ހޭލަމޭލަހިނގުމުން ސޯސަންމަގަށް ގޮސް، ސޯސަންމަގުން ދެކުނަށް ހުސޭނީ މަގަށް ގޮސް، ހުސޭނީމަގުން ހުޅަނގަށް އަސަރީހިނގުމަށް ގޮސް، އަސަރީހިނގުމުން ދެކުނަށް ގޮސް ދަނޑުވަށާ ހިނގުމާ ހަމައަށްވާ ސަރަޙައްދުގެ އިރުދެކުނުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

މ. މުލައް-2

K3.2

2

ދ. ކުޑަހުވަދޫ، ކުޑަހުވަދޫ މަލްޓިޕަރޕަސް ބިލްޑިން ހޯލް

މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ އިސްކަންދަރުމަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނުމަގުން އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ދ. ކުޑަހުވަދޫ-1

M7.1

3

ދ. ކުޑަހުވަދޫ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލު 

މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ އިސްކަންދަރުމަގުން އިރުމަށްޗަށްގޮސް، ބޮޑުތަކުރުފާނުމަގުން އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ދ. ކުޑަހުވަދޫ-2

M7.2

4

ދ. ކުޑަހުވަދޫ، ކުޑަހުވަދޫ ޕްރީ ސްކޫލުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ދ. ކުޑަހުވަދޫ-3

M7.3

5

ލ. ގަން، ގަން އިޖްތިމާޢީ މަރުކަޒު ހޯލު

މި ފޮށްޓަށް ވޯޓުލާނީ ގަމު ތުނޑީއަވަށު މީހުންނެވެ.

ލ. ގަން-1

O5.1

6

ލ. ގަން، ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ ގަމު މަތިމަރަދޫ އަވަށުގެ މީހުންނެވެ.

ލ. ގަން-2

O5.2

7

ލ. ގަން، މުކުރިމަގު ސްކޫލުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ ގަމު މުކުރިމަގު އަވަށު މީހުންނެވެ.

ލ. ގަން-3

O5.3

8

ލ. ގަން، އިހައްދޫ ސްކޫލުގެ ހޯލު

މި ފޮށްޓަށް ވޯޓުލާނީ ގަމު ތުނޑީ އަވަށުގެ ޚާއްޞަ ދަފްތަރުގައިވާ މީހުންނާއި (ލ.ކަޅައިދޫ، ލ. މުންޑޫ، ލ. މާބައިދޫ، ލ.ގަމަށް ބަދަލުކުރި) ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ލ. ގަން-4

O5.4

9

 

ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ނަންބަރު

މާލެ، އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު ފުރަތަމަ ފަންގިފިލާ ކްލާސް ރޫމް 3A

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. މުލަކު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-1

T0.1

10

މާލެ، އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު ފުރަތަމަ ފަންގިފިލާ ކްލާސް ރޫމް 3B

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ދ. ކުޑަހުވަދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-2

T0.2

11

މާލެ، އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު ފުރަތަމަ ފަންގިފިލާ ކްލާސް ރޫމް 1A

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ގަން، މުކުރިމަގު، މަތިމަރަދޫ، މި 2  އަވަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-3

T0.3

12

މާލެ، އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު ފުރަތަމަ ފަންގިފިލާ ކްލާސް ރޫމް 1B

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ލ. ގަމު ތުނޑީ އަވަށުގެ ރައްޔިތުންނާއި  ތުނޑީ އަވަށުގެ ޚާއްޞަ ދަފްތަރުގައިވާ (ލ.ކަޅައިދޫ އިން ލ. ގަމަށް ބަދަލު ކުރައްވާފައިވާ) ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-4

T0.4

13

06 ޖޫން 2024