ކުއްޔަށް ދިނުން
ނަންބަރު: (IUL)284-PL/284/2024/37
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 16 ޖޫން 2024 11:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަންދޫ ޓާރފް ދަނޑު ރޮސްޓްރަމްގައިވާ 2 ފިހާރަ ކުއްޔަށް ދޫކުރުން

އިޢުލާން

 

ރޮސްޓްރަމްގައި ގާއިމްކޮށްފައިވާ 2 ފިހާރަ ކުއްޔަށް ދޫކުރުން

 

ތައާރަފް:

                މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ، 2 ދެ ފިހާރަ ވިޔަފާރި ތަރައްގީކޮށް  ހިންގައި ބެލެހެއްޓުމަށް، 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، މިލަންދޫ ޓާރފް ދަނޑު، ރޮސްޓްރަމްގައިވާ 28 ފޫޓް ދިގު 12 ފޫޓް ފުޅާ، ދެ ފިހާރަ ވިޔަފާރި ތަރައްގީކޮށް، ހިންގައި ބެލެހެއްޓުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 11:00 އެވެ. ޕްރޮޕޯސަލް ހުށައަޅުއްވާނީ މިލަންދޫ ކައުންސިލްގެ އިދާރާ އަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި ތާރީޚް އަދި އިޢުލާން ނަމްބަރު ލިޔެވިފައި އޮންނަން ވާނެއެވެ.

ޕްރޮޕޯޒަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް:

 

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ދެފިހާރައިގައި ވިޔަފާރި ތަރައްގީކޮށް، ހިންގައި، މަރާމާތުކޮށް ބަލަހައްޓާނެގޮތުގެ ޕްލޭން
  • އިންވެސްޓްމަންޓްގެ އަގު
  • ކުންފުނި / ވިޔަފާރީގެ އިންސާނީ ވަޞީލަތް ހަމަޖެހިފައިވާގޮތުގެ ޕްލޭން
  • ކައުންސިލަށް ލިބިދެވޭ މަންފާ ( ބިމު ކުއްޔާއި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ނަފާވާނެ ކަންކަމާއި އަދި ސީއެސްއާރުގެ ގޮތުގައި ރަށުގެ އުމްރާނީ ނުވަތަ އިޖުތިމާއި ގޮތުން ކޮށްދޭން ހުށަހަޅާ ކަންކަން ވަކިވަކިން ތާރީޚް ތަކާއިއެކު ބަޔާންކުރުން)
  • ޕްރޮޖެކްޓުގެ މާލީ ގާބިލުކަން ކަށަވަރުކުރުމަށް މާލީ އިދާރާއަކުން ދީފައިވާ އިތުބާރު ހުރި ފަރާތެއްކަން އަންގައިދޭ ސިޓީ (ބޭންނުންފުޅުވާނަމަ)

 

ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް ބޭނުންކުރާނެ މިންގަނޑުތައް

 

މާކްސް ދެވޭ ބައިތައް

ވެއިޓޭޖް

ބިމުކުލީގެ ގޮތުގައި ކައުންސިލަށް ދިނުމަށް ހުށަހަޅާ އަގު

50

ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ނަފާވާ ކަންތައްތަކަށް ހުށަހަޅާ ހުށަހެޅުން

30

ސީއެސްއާރު ގެ ގޮތުގައި ރަށުގެ އުމްރާނީ ނުވަތަ އިޖުތިމާއި ގޮތުން ކޮށްދޭން ހުށަހަޅާ ހުށަހެޅުން

20

 

އިތުރުމަޢުލޫމާތު

-          ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައެއް ނުގަނެވޭނެއެވެ.

-          ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލް އެވެ.

-          ޕްރޮޕޯސަލް ހުށަހަޅާއިރު 2 ފިހާރައަށް ވަކިވަކިންވެސް ހުށަހެޅިދާނެއެވެ.

-          ޕްރޮޕޯސަލް ހުށަހެޅޭނީ  ދިވެހި ބަހުން ނެވެ.

-          ޕްރޮޕޯސަލްތައް އިވެލުވޭޓް ކުރާނީ ކައުންސިލުން ކަޑައަޅާ 3 މެމްބަރުންގެ ކޮމެޓީއަކުންނެވެ.

-          ކޮމެޓީއިން އެންމެ ރަގަޅު ކަމަށް ކަޑައަޅާ ޕްރޮޕޯސަލްތައް، ކައުންސިލްގެ ޖަލްސާއަށް ގެންގޮސް އެންމެ ރަގަޅު ޕްރޮޕޯސަލް ކަޑައަޅާނީ ކައުންސިލްގެ ޖަލްސާއިން.

-          ޕްރޮޕޯސަލް އެވޯޑް ކުރާފަރާތާއި ކައުންސިލް އިދާރާ އާއި ދެމެދު ތަފްޞީލީ އެއްބަސްވުމެއް ހެދޭނެއެވެ.

-          ޕޮރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުމަށް ހިނގާ ޚަރަދަކަށް މި ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

-          މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތާ ގުޅިގެން މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

-           ޕްރޮޕޯސަލްގައި ރާވާފައިވާ ކަންކަމާގުޅިގެން ދައުލަތުގެ އިދާރާތަކުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމާއި ދައްކަންޖެހޭ ފީތައް ދެއްކުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

-           މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިލަންދޫ ކައުންސިލް އިދާރާގެ 6540063 ނަންބަރ ފޯނަށް ނުވަތަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މިލަންދޫ ކައުންސިލް އިދާރާ އިން ލިބިވަޑައިގަންނަވާނެއެވެ.

                     ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

06 ޖޫން 2024