މުބާރާތް
ނަންބަރު: (IUL)378/2024/30
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި:
11 ޖޫން 2024 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟްހާ ޢީދު ދުވަހާއި ގުޅިގެން މަސްރޭސް ބޭއްވުން
މި އިޢުލާންވަނީ 09 ޖޫން 2024 13:13 ގައި ބާތިލް ކުރެވިފައެވެ.
މިއަހަރުގެ އަޟްހާ އީދާއި ގުޅުވައިގެން މިކައުންސިލުން 20 ޖޫން 2024 ވާ ބުރާސްފަތި ދުވަހު ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މަސްރޭހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޓީމްލިސްޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ޓީމް ލިސްޓް ހުށަހަޅާ ފޯމް ކައުންސިލުން ލިބެންހުންނާނެއެވެ.
މަސްރޭހުގެ ޤަވާޢިދު:
- ޓީމެއްގައި ގިނަވެގެން ބައިވެރިކުރެވޭނީ 07 މީހުން.
- ޓީމް ލިސްޓުގައި ބައިވެރިންނަށް ގުޅޭނެ ނަންބަރު ހިމަނަން ވާނެއެވެ.
- މަސްބޭނުމަށް ބޭނުންކުރެވޭނީ ހަމައެކަނި ބުޅިއާއި ކަންވާރު އަދި ދޮށްޓެވެ. ދާބުރިއާއި ދަގަނޑު އަދި ބަޑި ޖަހައިގެން މަސްހިފާފައި ހުރިކަމަށް ފަނޑިޔާރުންނަށް ފާހަގަކުރެވިއްޖެނަމަ އެޓީމެއް ޑިސްކޮލިފައި ކުރެވޭނެއެވެ.
- ދިރޭ އެމު ޖަހައިގެން މަސްބޭނުމަކީ މަނާކަމެކެވެ.
- މަހަށްދާ އުޅަނދު ހަމަޖެއްސުމަކީ ޓީމް ލީޑަރުންގެ ޒިންމާއެކެވެ. އަދި ކޮންމެ ޓީމަކަށްވެސް ބޭނުންކުރެވޭނީ 01 އުޅަނދެވެ.
- އިނާމް ދިނުމަށް ހަމަޖެހިފައިވަނީ ކިލޯގެ ގޮތުން އެންމެ ގިނަމަސް ބާނާޓީމް އަދި އެންމެ ބަރުމަސް ބާނާ ޓީމަކަށެވެ.
ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ ލިސްޓްތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މަސްރޭހާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނައިބްރައީސް އިބްރާހީމް ޝިނާޒް ( 9884148 ) އަށް ގުޅުއްވުން އެދެމެވެ.
06 ޖޫން 2024