ބީލަން
ނަންބަރު: MWSC-L/3/ADV/2024/45
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 10 ޖޫން 2024 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް ސ. ހުޅުމީދޫއިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން - ރިޓެންޑަރ

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ސ. ހުޅުމީދޫގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް ސ. ހުޅުމީދޫއިން ކުއްޔަށް ދޫކުރާނެ ތަނެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2024/38) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް

 

1-      ތަނަކީ 02 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.

2-      މަދުވެގެން 02 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން. (އެއާރ ކޮންޑިޝަނާއިއެކު)

3-      މަދުވެގެން 02 ފާޚާނާ ހުރުން.

4-      ފަރުނީޗަރާއި އެކު (އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެތްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.)

5-      ހިފާގެންގުޅޭ ތަކެތި ހުރުން. (ތެލި، ތަށި، ސަމްސާ، އުދުން (ގޭސްފުޅީއާއިއެކު)، އައިސްއަލަމާރި، އަދި ދޮންނަމެޝިން ފަދަ ތަކެތި)

6-      އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެތިޗަކީ ބާވެހަލާކުވެފައިވާ ނުވަތަ ބެނުންނުކުރާތާ ގިނަދުވަސް ވެފައިވާ  ތަކެތިކަމުގައި ނުވުން.

7-      ގެޔާއި ގޯތި ތެރެ ކުނިކަހާ ފޮޅާ ސާފުކުރުމައި ކުނިނައްތަލުން. (ކުނިކަހާ ފޮޅާސާފުކުރުމައި ކުނި ނައްތާލުން މަދުވެގެން ހަފުތާއެކު އެއްފަހަރު)

8-      ކުއްޔަށް ހިފާ މުއްދަތު 12 (ބާރަ) މަސްދުވަސް (މިކުންފުނިން އިތުރު މުދަތަކަށް ބޭނުންވެޖެ ހިދެއްގައި ތަންލިބޭގޮތަށް ހުރުން.)

(މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދާފައިހުރި ރަނގަޅުތަނަކަށް ވުން.)

 

ތަން

ގަޑި

ތާރީހް

ތަފްސީލް

ހުޅުދޫ އަވަށު އޮފީސް ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ                     

11:00

10 ޖޫން 2024

މައުލޫމާތު ސާފުކުރުން

ހުޅުދޫ އަވަށު އޮފީސް ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ

11:00

12 ޖޫން 2024

އަގު ހުށައެޅުން

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ. އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

06 ޖޫން 2024