ދިވެހިރާއްޖެ
Dr B.R. Ambedkar University Delhi 2024-2025 |
އިންޑިޔާ ސަރުކާރުގެ ދަށުން ހިންގާ "ޑރ. ބީ.އާރު. އަމްބެޑްކާރ ޔުނިވަރސިޓީ ދިއްލީ" ގައި 2024-2025ވަނަ އަހަރަށް ހިންގާ އަންޑަރ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެފަރާތުން ވަނީ އަންގާފައެވެ. ވީމާ، މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2024 ގެ ކުރިން އެފަރާތުގެ އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. މި ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު https://audfsradmission.samarth.edu.in/ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. ......................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. |