ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2024/59
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 23 ޖޫން 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ނަން ޓެގް އަދި މަޤާމް ފޮތިކޮޅު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް،ކަސްޓަމްސް އޮފިސަރުން ޔުނިފޯމާއެކު ބޭނުންކުރާ ނަން ޓެގް އަދި މަޤާމް ފޮތިކޮޅު ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

ވީމާ، މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،27 ޖޫން 2024 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 

ބީލަމުގައި ރަޖިސްޓްރީވުމަށް([email protected])އަށް 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113/ 3334272 ފޯނަށް ގުޅުއްވުން އެދެމެވެ. 

06 ޖޫން 2024