ކުއްޔަށް ދިނުން
ނަންބަރު: (IUL)382/382/2015/33
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 21 މޭ 2015 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ

ބުރުނީ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ

މި ރަށު ރޯޝަނީމަގުގެ އިރުން ހުރި ރައްޔިތުންގެ ރުއްގަސް 1 (އެކެއް) އަހަރުދުވަހަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތަތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ އެބޭފުޅެއްގެ ސިޓީއެއް ގެންނަވަން ވާނެއެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބުގެ ނަމާއި އަންދާސީހިސާބު ހުށަހަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.

މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ރަޖަބު 1436

11 މޭ 2015