މަސައްކަތް
ނަންބަރު: (IUL)292-PR/292/2024/15
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 24 ޖޫން 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫގެ މަގުބައްތިތައް ދިއްލާ މަރާމާތުކުރުމުގެ މަސައްކަތް 02 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

އިޢުލާން

ނ.މިލަދޫގެ މަގުބައްތިތައް ދިއްލާ މަރާމާތުކުރުމުގެ މަސައްކަތް 02 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 09 ޖޫން 2024 އިން 13 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިއިދާރާއަށް ހާޟިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭނަމަ ފޮނުއްވާނީ [email protected]  އަށެވެ.

ރަޖިސްޓްރީކުރަން ފޮނުވާ އީމެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި)

2-   ކުންފުނި ނުވަތަ ވިޔަފާރި ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-   އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިޞިއްޔަތު

އީމެއިލް ކުރައްވާއިރު ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ސާފު ކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ. އަދި މިއިދާރާއަށް ހާޟިރުވެ ރަޖިސްޓްރީކުރާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.        

06 ޖޫން 2024