ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2024/5
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި:
09 ޖޫން 2024 12:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަގާފީ ނެށުން އަދި މިއުޒިކް ހުށަހަޅައިދޭނެ ފަރާތްތައް ހޯދުމަށް
މިސެންޓަރުން އިސްނަގައިގެން މިއަހަރުގެ އަލްހާ ޢީދު ސަގާފީ ޢީދެއްގެ ގޮތުގައި ވަރަށް ކުލަގަދަގޮތެއްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 17 ޖޫން 2024 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޖް ޝޯ އެދުވަހުގެ ރޭގަނޑު ބާއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޝޯގައި ސަގާފީ ނެށުން އަދި މިއުޒިކް ހުށަހަޅައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސީވީ / ޕްރޮފައިލް [email protected] އަށް 09 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3310729 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
05 ޖޫން 2024