ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/97
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 13 ޖޫން 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ލައިބްރޭރިއަން - ތިނަދޫ ކެމްޕަސް

މަޤާމް :އެސިސްޓަންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަސް

ގްރޭޑް:

4

ސްޕައިން:

17

އަސާސީ މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓް މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 06 މަސްދުވަހަށް

ރަސްމީ ގަޑި:

ޝިފްޓް ޑިއުޓީ (ހެދުނު 8:00 އިން ރޭގަނޑު 10:00 އާއި ދެމެދު 06 ގަޑިއިރު)

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  •  ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ލައިބްރަރީއަށް ލިބޭ ފޮތާއި ނޫސް މަޖައްލާއާއި އެހެންވެސް ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭތަކެތި ލިބުމުން އެތަކެތި ހަމަޖެހިފައި އޮންނަ ނިޒާމެއްގެ ދަށުން ޕްރޮސެސްކޮށް ބެލެހެއްޓުން.
  2. ލައިބްރަރީ ހުޅުވިފައި ހުންނަގަޑީގައި ލައިބްރަރީގެ ބޭނުންކުރާ ފަރާތްތަކަށް ލައިބްރަރީގެ ކަންތައްތައް އޮޅުންފިލުވައިދީ ޙަފްތާއަކު އެއްފަހަރު ލައިބްރަރީގައި މަރާމާތު ކުރަންޖެހޭ ކަމެއް/ތަނެއްވާނަމަ އެކަން އެންގުން.
  3. ކޮންމެ ދުވަހަކުވެސް ލައިބްރަރީ ބަންދުކުރުމުގެ 15މިނެޓް ކުރިން އެދުވަހެއްގައި ބޭނުންކުރަން ނެގުނު ފޮތްތަކާއި މަޖައްލާފަދަ ތަކެތި ސޯޓިންގ ޓްރޮލީތަކަށްލުން.
  4. ފޮތްތަކާއި މަޖައްލާފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ރިޒަރވް ކުރުމާއި، ދޫކުރުމާއި އަނބުރާ ބަލައިގަތުމާއި، ލައިބްރަރީގެ އޮންލައިން ކެޓަލޮގް ބޭނުންކޮށްގެން ފޮތްފަދަތަކެތި ހޯދަން ދަސްކޮށްދިނުމުގައި އެހީތެރިވެދިނުން.
  5. ކޮންމެ ޙަފްތާއެއް ނިމޭއިރު އެޙަފްތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން ޢަމަލުކުރުން.
  6. ހުރިހާ ވަޤުތެއްގައިވެސް ލައިބްރަރީގައި އަޑުމަޑުނުވާނަމަ އޮންނަ އުސޫލެއްގެ މަތިން ފިޔަވަޅުއެޅުން
  7. ޑިއުޓީ ޓޭބަލް ހަމަޖެހިފައިވާ ގޮތެއްގެ މަތިން ލައިބްރަރީގައި މަސައްކަތްކުރުން.
  8. ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓް ކުރުމުގައި ހުރިހާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން. އަދި އޮރިއެންޓޭޝަން ޙަފްތާގައި ލައިބްރަރީ ބޭނުންކުރަން އަލަށް އަންނަ ފަރާތްތަކަށް ލައިބްރަރީއިން ދެވޭ ޚިދުމަތްތުގެ މަޢުލޫމާތު ދިނުން.
  9. އެ މުވައްޒަފަކު މަސައްކަތް ކުރާ ލައިބްރަރީ ނޫން އެހެން ލައިބްރަރީތަކުގައި ހަމަޖެހިފައިވާ އުޞޫލަކުން މަސައްކަތް ކުރުން.
  10. ކެމްޕަހުން ރާވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 * ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-2024-TC-97

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345138 ނަންބަރު ފޯނަށެވެ. 
05 ޖޫން 2024