ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން
މި ކޯޓުގެ (IUL) 95-PM/95/2024/38 (27 މެއި 2024) ނަންބަރު އިޢުލާނާ ގުޅިގެން 04 މެއި 2024 ވަނަ ދުވަހު ބޭއްވުނު ނީލަން ކިޔުމުގައި 03 ފަރާތަކުން ބައިވެރިވެފައި ނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 12 ޖޫން 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 12 ޖޫން 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
28 ޛުލްޤައިދަ 1445
05 ޖޫން 2024