ބީލަން
ނަންބަރު: IUL)286-CB/286/2024/67
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި:
13 ޖޫން 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކުނދިކުޅުދޫ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިން ތަކުގެ ތެރެއިން، ކުޅުދޫ އަވަށުގެ ކުނިކޮށި ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ހިމެނޭ އިންޑަސްޓްރިއަލް ބިން ހެވީ އިންޑަސްޓްރިއަލް ބޭނުންތަކަށް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ހެވީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބިމުގެ ތަފްޞީލް:
ނަންބަރު: 286-IND 01
ބިން ދޫކުރެވޭ ބޭނުން:
ހެވީ އިންޑަސްޓްރިއަލް (ސިނާއީ މަސައްކަތް)
ބިމުގެބޮޑުމިން:
(އަކަ މީޓަރ) 1476.85
(އަކަ ފޫޓު) 15896.67
ބިމުކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ):
-/9538
ބިމުގެ ސަރަހައްދު އަނގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.
ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން
|
- ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 09 ޖޫން 2024 ވާ އާދީއްތަ ދުވަހު 00:10 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
- https://forms.office.com/r/nVUAZWSExk
- ބިން ނަންބަރު 286-IND-01 ޚާއްސަ ކުރެވިފައިވަނީ ސިނާއީ ބޮޑެތި (HEAVY INDUSTRIAL) މަސައްކަތްތަކަށެވެ.
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
- ސިނާއީ ބިން ނަންބަރު 286-IND 01 ގެ ބިމުކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް -/0.60 (ފަސްދޮޅަސް ލާރި) އެވެ.
|
އިތުރު މަޢުލޫމާތު:
|
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ޛުލްޤަޢިދާ 1445
05 ޖޫން 2024