ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/94
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 15 ޖޫން 2024 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބީ.ކޭ.އެޗް.އެސް ފެލޯޝިޕް - ފޮރ އަ ޖަސްޓްް ޑިމޮކްރަސީ

BKHS Fellowship

 "!For a just democracy"

 

ޖަރުމަނުވިލާތުގެ "ފެޑަރަލް ޗާންސެލަރ ހެލްމަޓް ޝްމިޓް ފައުންޑޭޝަން (ބީ.ކޭ.އެޗް.އެސް) އިން ހިންގުމަށް ހަމަޖެހިފައިވާ "ފޮރ އަ ޖަސްޓް ޑިމޮކްރަސީ!" ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އެފަރާތުން ވަނީ އަންގާފައެވެ.

 

ވީމާ، މި ފެލޯޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އީމެއިލަށް 15 ޖޫން 2024 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ފެލޯޝިޕާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

[email protected]

 

....................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި،  ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ)  ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

05 ޖޫން 2024