ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2015/106
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 21 މޭ 2015 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ  

ވަޒީފާގެ ދާއިރާ:       

އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/10,150ރ އާއި -/19,000ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  • .NET އަދި Microsoft Visual Studio ބޭނުންކޮށްގެން ސޮފްޓްވެއަރ ލިޔުމުގެ ތަޖުރިބާ ހުރުން.
  •  ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިޔަށް ދިއުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ދާއިރާގެ މައިގަޑު މަސައްކަތް:

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުންފުނީގެ ހަމަޖެހިފައިވާ ގަވާއިދުތަކާއި އެއްގޮތަށް:

  • ސޮފްޓްވެއަރ ލިޔުން
  • ސޮފްޓްވެއަރ ލިޔުމަށް ބޭނުންވާ އެނަލިސިސް ހެދުން
  • ސޮފްޓްވެއަރ ޑިޒައިން ކުރުން
  • ސޮފްޓްވެއަރ ބޭނުން ކުރުމަށް މުވައްޒަފުން ތަމްރީން ކުރުން
  • ދާއިރާއާއި ގުޅުންހުރި ކުންފުންޏަށް މުހިންމު މަސައްކަތްތަކުގައި އެހީވުމާއި ޑިޕާޓްމަންޓްގެ ފަރާތުން ރާވައި ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

  21 މޭ 2015 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑްގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 21 މޭ 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

22 ރަޖަބު 1436

11 މޭ 2015