ނީލަން
ނަންބަރު: (IUL)438-AU/1/2024/19
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 13 ޖޫން 2024 10:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

ޢިއުލާން 

މިއޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން 

މި އޮފީހުގައި ބައުވެ ހަލާކުވަފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.

ނީލަން ކިޔުން

13 ޖޫން 2024 ވާ ބުރާސްފަތި ދުވަހު

10:00 ހެނދުނު

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން.

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު މި އއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެ ކޮޕީއެއް ހިއްޕަވައިގެން މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާއި އެއްގޮތައް ގަޑިއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ. 

ނީލަންކާމިޔާބު ކުރާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހު ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ލަސްވެގްނ 3 ދުވަހު ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތު ތެރޭގައި ނުގެންގޮސްހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3018300 ނަންބަރާ ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

05 ޖޫން 2024