ބީލަން
ނަންބަރު: (IUL)227-AD-PM/227/2024/25
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި:
13 ޖޫން 2024 11:30
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މިއިދާރާގައި އިއާދަކުރުވަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ ނިޒާމު ޤާއިމްކޮށްދިނުމުގެ މަސައްކަތް
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މިއިދާރާގައި އިއާދަކުރުވަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ ނިޒާމު ޤާއިމްކޮށްދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv) 2024 ޖޫން 06ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2024 ޖޫން 09ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2024 ޖޫން 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 ޖޫން 13ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540451
އީމެއިލް: [email protected]
05 ޖޫން 2024