ތަމްރީނު
ނަންބަރު: (IUL)179-4.3/1/2015/15
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 26 މޭ 2015 12:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް – މޭ 2015

އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް – މޭ 2015

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިއޮތޯރިޓީ ގުޅިގެން ސިލްސިލާކޮށް މަހަކު އެއްފަހަރު ކުރިއަށް ގެންދާ "އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް" 31 މޭ 2015 (އާދީއްތަ) ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާރކްޝޮޕް ކުރިއަށް ގެންދާނީ ދިވެހިބަހުންނެވެ. އަދި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

މި ވާރކްޝޮޕްގައި އަލިއަޅުވައިލެވޭނެ މައިގަނޑު ބައިތަކަކީ އިސްލާމިކް ފައިނޭންސްގެ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސާ ހުރި ތަފާތުތަކަށެވެ. މީގެ އިތުރުން އިސްލާމިކް ބޭންކިންގއާއި ތަކާފުލް އަދި އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްތަކަށާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ހާލަތަށާއި އަދި އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކުރިއެރުވުމަށް ހުރި ގޮންޖެހުން ތަކަށްވެސް އަލިއަޅުވައިލެވޭނެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ޢާއިޝަތު މުނީޒާއެވެ.

ވީމާ، ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 26 މޭ 2015 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީއަށް އައި.ޑީ ކާޑުގެ ކޮޕީއާއި ކޮންޓެކްޓް ނަންބަރާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014110/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ރަޖަބު 1436

11 މޭ 2015