ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2015/135) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
60 ސެކަންޑަރީ ޑެސްކު (ރާއްޖޭގައިޖަހާ)
02 ޓީޗަރސް ޓޭބަލް (ރާއްޖޭގައިޖަހާ)
02 ވައިޓް ބޯޑު (ރާއްޖޭގައިޖަހާ)
60 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)
02 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)
ވީމާ، މިފަރުނީޗަރ ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
18 މޭ 2015 (ހޯމަ) ދުވަހުގެ 11:00 އަށް |
24 މޭ 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުން އެދެމެވެ.
23 ރަޖަބު 1436