ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2024/110
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:38
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާޢީދު ބަންދާއި ގުޅިގެން ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލުމާއި ގުޅޭ

    އަޟްހާޢީދާއި ގުޅިގެން 15 ޖޫން 2024 އިން 23 ޖޫން 2024ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅިފައިވާތީ، މިއިދާރާއިން ދެމުންގެންދާ މުނިސިޕަލް އަދި އެހެނިހެން ޚިދުމަތްތައް މިމުއްދަތުގެ ތެރޭގައި މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި އާންމު ޚިދުމަތާއި އެހެނިހެން މަސައްކަތްތައް ރާއްވަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ދުރާލާ ހޯއްދެވުމަށް 12 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ނަމަވެސް މަގުކޮނުމާއި މަގުބަންދު ކުރުމުގެ ހުއްދަ، އިންފާރާއި ގުޅޭ އެކިއެކި ހުއްދަތައް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، 18 ޖޫން 2024 ގައި ދޫކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކަށް ހުޅުވިފައި ހުންނާނެ ދުވަހާއި ގަޑިތައް

  • ·         18 ޖޫން 2024 (އަންގާރަ) – 9:00 އިން 12:00 އަށް

    މިފުރުސަތުގައި، ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

05 ޖޫން 2024