ބީލަން
ނަންބަރު: (IUL)266-PR/266/2024/109
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 24 ޖޫން 2024 10:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖީ.އެން.އެސް.އެސް. ރިސީވަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ބިމާއި ގޯތިގެދޮރާއި ގުޅޭ ސާރވޭތައް ކުރުމަށް ބޭނުންވާ ޖީ.އެން.އެސް.އެސް ލޭސަރ ރީސީވަރ ގަތުމަށާއި މި އިދާރާގެ މުވައްޒަފުންނަށް ރިސީވަރ ބޭނުންކުރުމަށް ޓްރޭނިންގ ދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް:   https://forms.office.com/r/pGdEpd0zn6

 

 

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް [email protected]

‏11‏ ޖޫން‏ 2024‏ (އަންގާރަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏23‏ ޖޫން‏ 2024‏ (އާދީއްތަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏24‏ ޖޫން‏ 2024‏ (ހޯމަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527106، 6527177 ނުވަތަ 6527182 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏05‏ ޖޫން‏ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/162

 

05 ޖޫން 2024