ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2024/78
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 22 ޖޫން 2024 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިހާރު ޢަމަލުކުރަމުންދާ "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު" ގެދަށުން ދިވެހިރާއްޖެއަށް ޢިމާރާތް ކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް ދޫކުރަމުންދާ މެޓީރިއަލް ކޮލިޓީ ޕާރމިޓް ދޫކުރުން ޢީދު ބަންދަށް މެދުކެނޑޭނެކަން ހުއްދަ ހޯދާ ފަރާތްތަކަށް އެންގުން.

ޢިމާރާތް ކުރުމުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ އަސާސީ ބާވަތްތައް "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު"(2019/R-1017) ގެ ދަށުން މިހާރު މިމިނިސްޓްރީއިން ދޫކުރަމުންދާ ކޮންސްޓްރަކްޝަން މެޓީރިއަލް ކޮލިޓީ ޕާރމިޓް (ޕްރޮޑަކްޓް އެޕްރޫވަލް ސެޓްފިކެޓް) ދޫކުރުމުގެ އެންމެހާ ކަންކަން ކުރިއަށް އޮތް އަލްހާ ޢީދު ބަންދު ދުވަސްތަކުގައި (14 ޖޫން 2024 އިން ފެށިގެން 22 ޖޫން 2024 އަށް) މެދުކެނޑޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ހުށަހަޅުއްވާ އެޕްލިކޭޝަންތަކާއި، 9 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލާ ހުއްދަދިނުމުގެ ކަންކަން ކުރިއަށް ދާނީ ރަސްމީ ބަންދު ދުވަސްތައް ނިމުމުން، 23 ޖޫން 2024 އިން ފެށިގެން ކަމުގައިވެސް ދަންނަވަމެވެ. ވީމާ މިކަން ޕާރމިޓް ހޯއްދަވަން ހުށަހަޅުއްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ހުއްދަ ހޯދުމަށް މިމިނިސްޓްރީއަށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް މިހާރު ހުށަހަޅުއްވާނީ ވަންގަވް ޕޯޓަލް (https://one.gov.mv) މެދުވެރިކޮށް ކަމުގައި ހަނދުމަކޮށް އަރުވަމެވެ.

05 ޖޫން 2024