ބީލަން
ނަންބަރު: (IUL)360/360/2024/32
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 13 ޖޫން 2024 13:00
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ. ކެޔޮދޫ އިޖުތިމާޢީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން

1 ޖުލައި 2024 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ވ.ކެޔޮދޫ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބަލަހައްޓައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން)

9 ޖޫން 2024 ގެ ނިޔަލަށް

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00

ރަޖިސްޓަރ ވުމަށް ދުރުވާނެ ތަން:

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ  (އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ

[email protected]

ބީލަން ހުށަހެޅުން

13 ޖޫން 2024

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ބީލަން ހުޅުވުން

13 ޖޫން 2024

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

 

ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަން ހުށަހަޅާނީ، މި އިދާރާއިން މި މަސައްކަތްތައް ކަނޑައަޅާފައިވާ، އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. ފޯމް މި އިދާރާއން ލިބެން ހުންނާނެއެވެ.

ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:00 ގައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 

ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ ،ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއިއަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު: 

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ފޯން: 6700601

އީމެއިލް: [email protected] 

 

05 ޖޫން 2024