ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2024/131
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 12 ޖޫން 2024 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ކެއަރ ވޯރކަރ

މަޤާމު:

ކެއަރ ވޯރކަރ

 

މަޤާމުގެ ނަންބަރު:

J-392835        

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އެމް. އެސް. 1          

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވިލިނގިލީ އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒު، ވިލިމާލެ

 

މުސާރަ:

5,610.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700ފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި 1963.50 ރުސފިޔާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މަރުކަޒަށް ގެނެވޭ ކުދިން/މީހުން ރަޖިސްޓްރީކޮށް، އެކުދިންގެ ރަސްމީ ލިޔުންތައް ހޯދައި ޕާރސަނަލް ފައިލް ތައްޔާރުކުރުން.
  • މަރުކަޒުގައި މަސައްކަތްކުރާ ކެއަރ ވޯކަރުންގެ ޗުއްޓީ ޝެޑިއުލް ތައްޔާރުކުރުކޮށް އެމީހުން މަސައްކަތަށް ނުކުތުމަށް ދިމާވާ ދަތިތައް ކަނޑައެޅިފައިވާ އުސޫލުގެދަށުން ހައްލުކޮށްދިނުން.
  • މަރުކަޒުގައި ބަލަހައްޓާ ފަރާތެއް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، ސެންޓަރުގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލްތަކުގައި އެފަރާތްތައް ކައިރީ ޑިއުޓީކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  • ކޮންމެ މަހެއްގައި ހަވާލުވެގެން ހުންނަ ފްލޯއެއްގެ ޖެހިގެނެ އަންނަ މަހުގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިއެއްގެ ހުއްދައާއިއެކު ފްލޯ އާއި ހަވާލުކުރުން.
  • ޑިއުޓީގައި ފާހަގަ ކުރެވޭ ކަންކަތަކުގެ ރެކޯޑް ލިޔެ، އަންނަން އޮތް ގަޑީގައި ކުރަންހުރި ކަންތަކުގެ ޑިއުޓީ ލޮގް ލިޔުން.
  • މަރުކަޒުގައި ބަލަހައްޓާ ކުދިން/މީހުން ފެންވެރުވުމާއި، ނިންދެވުމާއި، މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މަރުކަޒުން ކަނޑައަޅާފައިވާ އުސޫލްތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކެއަރ ވޯކަރުން ކުރަމުން ގެންދޭތޯ ބެލުން.
  • މަރުކަޒުގައި ބަލަހައްޓާ ކުދިން ސްކޫލަށް ގެންގޮސް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މަރުކަޒުގައި ބަލަހައްޓާ ކުދިންގެ ތެރެއިން ހާއްޞަ އެހީ ބޭނުންވާ ކުދިންނަށް ހިންގޭ ކްލާސްތައް ކުރިއަށްދާގޮތް ގާތުން ބަލައި އެކުދިންގެ ހާލަތަށާއި، އެކުދިންނަށް ހިންގޭނެ ހަރަކާތްތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ ހަރަކާތްތައް ހިންގުމުގައި އެހީތެރިވުން.
  • މަރުކަޒުގައި ބަލަހައްޓާ ކުދިން/މީހުންގެ ތެރެއިން އާންމު މެނޫގައި ހުންނަ ތަކެތި ނުކުވޭ ކުދިންނަށާއި ޚާއްޞަ މެނޫއެއްގެ ދަށުން ކެއިން ބުއިމުގެ އިންތިޒާމް ހަމަޖައްސަންޖެހޭ ކުދިން/މީހުންގެ ކެއިން ބުއިމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  •   މަރްކަޒުގައި ބަލަހައްޓާ މީހުންނާއި ކުދިންނަށް ގެއްލުންވާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ އެފަދަ ކަމެއް ފެނި ނުވަތަ އެނގިއްޖެނަމަ އެކަމެއް ހުއްޓުވާ ލަސްނުކޮށް މެނޭޖްމަންޓާއި ޙިއްސާކުރުން
  • މަރްކަޒުގައި ބަލަހައްޓާ މީހުންނާއި ކުދިންނާއި ގިނަގިނައިން ވާހަކަދައްކާ ރުހޭގޮތަކަށް ވާންހުންނަ ކަންތައްތައް ކޮށްދީގެން މުނިފޫހިފިލުވުމާއި، މަޖާގޮތެއްގައި ގެންގުޅުމަށް އިޚްލާސް ތެރިކަމާއެކު މަސައްކަތްކުރެވޭނެ ގޮތްތައް ރާވައި މުވައްޒަފުން އެގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުން.
  • މަރްކަޒުގައި ބަލަހައްޓާ މީހުންނާއި ކުދިންގެ ޙާލަތާއި ގުޅޭގޮތުން މަރުކަޒުން ހިންގާ އެކިއެކި ހަރަކާތްތަކާއި، މަސައްކަތްތަކާއި، ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  • މަރްކަޒުގައި ބަލަހައްޓާ ކްލައިންޓުން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މުޢާމަލާތް ކުރާއިރު ފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޚިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން. އަދި މިފަރާތްތަކާއި މުޢާމަލާތް ކުރާއިރު ހަރުކަށި އަދި ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން.
  • މަރްކަޒުގައި ބަލަހައްޓާ ކްލައިންޓުން ބަލަހައްޓަމުން ދާއިރު އެފަރާތްތަކުގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ނުދިނުން.
  • މަރުކަޒުގައި ބަލަހައްޓާ ކްލައިންޓުން ބެލެހެއްޓުމުގެ މަސައްކަތުގައާއި، ރަސްމީ ޑިއުޓީގަޑީގައި މަރުކަޒުގެ އެތެރޭގައި އަދި މަރުކަޒުން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
  • ފްލޯތަކުގައި ބޭނުންކުރާ ތަކެތީގެ ހިސާބު ކިތާބު ބެލެހެއްޓުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ޚިދުމަތްދިނުމާއި، މުއާމަލާތް ކުރުމުގައި އަބަދުވެސް އޯގާތެރިކަމާއި ހަމްދަރުދީއާއި، އިހުތިރާމާއެކު މަސައްކަތް ކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއި ގުޅިގެން ތަނުގައި ހަދާފައިވާ ޤަވައިދާ، އުސޫލުތަކާއެއްގޮތަށް ފަރުވާތެރިކަމާއެކު އަމަލުކުރުން.
  • އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން. މިގޮތުން ސެންޓަރުން ހިންގާ މުހިންމު ކަންކަމާއި ގުޅުވައިގެން ބާއްވާ އެކިއެކި ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުން.
  • މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެންޓަރު ޙަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން.
  • ކްލައިންޓުންގެ ކިބައިން ކަންބޮޑުވާންޖެހޭފަދަ ކަންކަން ފާހަގަވާނަމަ ލަސްނުކޮށް މެނޭޖްމަންޓާއި ޙިއްސާކުރުން
  • މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލްގެ ދަށުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުނ.ް

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކައުންސެލިންގ  
  • ސައިކޮލޮޖީ  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ

 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކައުންސެލިންގ  
  • ސައިކޮލޮޖީ  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ

 

ޕްރިފަރޑް ޑިސިޕްލިން:

  • ނެތް
 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ސޯޝަލް ސާވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖޫން 2024 ގެ 13:00 ގެ ކުރިން ވިލިނގިލީ އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒުއަށް ނުވަތަ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 13 ޖޫން 2024 އާއި 12 ޖުލައި 2024 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް)އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2ވަނަ ފަންގިފިލާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

       

28 ޛުލްޤަޢިދާ 1445

05 ޖޫން 2024