ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2024/35
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 06 ޖުލައި 2024 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދި

ފ.ނިލަންދޫގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ނިމި އެބަދަރުގެ ބޭނުން ކުރެވޭނީ ބަދަރު ހިމެނޭ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމުގައި ދަންނަވަމެވެ. އެހެންކަމުން ބަދަރުގެ މަސައްކަތް ނިމި ބަދަރު ބޭނުން ކުރެވެންވާއިރަށް މި ސަރަހައްދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް ނިންމާލަން ބޭނުންވެއެވެ. އެހެންކަމުން މިބަދަލުތައް ގެނައުމަށްޓަކައި އެސަރަހައްދުގައި ހުރި ބައެއް ރުއްގަސް ނަގަން ޖެހޭތީ "އަލަށް ހަދަމުންގެންދާ މިސްކިތުގެ އުތުރު ފަރާތު އިންފާރުން ފެށިގެން އަމީނީމަގާއި ހަމައަށް"  ހުރި ރުއްގަހުގައި މިހާރުވާނީ ރަތްކުލައިގެ ދަވާދުން 469-01 އާއި ހަމައަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެރުކެއްގައި ޖަހާފައިވާ ނަންބަރު އެގޭނޭހެން ކޮންފަރާތެއްގެ ރުކެއް ގަހެއްކަމާއި ، އެރުއްގަހުގައި މިއިދާރާއިން ޖަހާފައިވާ ތަރުތީބު ނަންބަރު އެގޭގޮތަށް 2024 ޖުލައި 06 ވަނަ ދުވަހުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހަޅައި ދެއްވުން އެދެމެވެ. ވެރިފަރާތުގެ މަޢުލޫމާތު ނޭނގޭ ރުއްގަހާއި ،ކައުންސިލަށް ހުށަނާޅައި ހުންނަ ރުއްގަހުގެ ބަދަލު ހަމަޖައްސައިދިނުމުގައި މިކައުންސިލުން ޒިންމާނުނަގާނެ ކަމުގައި ދަންނަވަމެވެ. އިސްވެ ދެންނެވި ތާރީޚްގެ ފަހުން އެސަރަހައްދުގައި ހުރި ރުއްގަސްކެޑުމުގެ މަސައްކަތް މިއިދާރާގެ ފަރާތުން ކުރަމުންގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

04 ޖޫން 2024