ބީލަން
ނަންބަރު: (IUL)22-TF/22/2024/198
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 18:07
ސުންގަޑި: 13 ޖޫން 2024 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާ ބިލްޑިންގ1 މަރާމާތުކުރުމާއި ކުލަލުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފިލާ ބިލްޑިންގ1 މަރާމާތުކުރުމާއި ކުލަލުމުގެ މަސައްކަތް

  1. ފިލާ ބިލްޑިންގ 1 ގެ ވަށާ ބޭރު ފާރާއި އެތެރެ ފާރުތަކުގެ ރެނދުތައް ބެއްދުމާއި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 9 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންނެވެ.ޝައުގުވެރިވާ ފަރާތްތަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/YR6tBXGdj5oTLdji9   
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، -/6,000 (ހަހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 13 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތައުލީމީ ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193 ,3341194  

އީ-މެއިލް:  [email protected]

ކޮޕީ އީ-މެއިލް: [email protected]

04 ޖޫން 2024