ބީލަން
ނަންބަރު: (IUL)22-TF/22/2024/206
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި:
13 ޖޫން 2024 10:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެދުރުހިޔާ އަދި އެދުރުވެހި ހުސް ފްލެޓް ތަކާއި އެހެނިހެން ފްލޭޓް މަރާމާތުކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެދުރުވެހި އަދި އެދުރުހިޔާ ހުސްވެފައި ވާ ފްލެޓް ތަކާއި އެހެނިހެން ފްލެޓް ތަކުގެ މަރާމާތުމަސައްކަތް
- އެދުރުހިޔާ އަދި އެދުރުވެހީގެ ހުސްވެފައިވާ ފްލެޓްތަކާއި އެހެނިހެން ފްލެޓްތަކުގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 06 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ޝައުގުވެރިވާ ފަރާތްތަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/v2sXoEDj2QKVoa68A
- މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން -/10,000 (ދިހަހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 13 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތައުލީމީ ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ
ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193 ,3341194
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
04 ޖޫން 2024