ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް މި ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފުނުކޮށް އިންފާރުނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއްކަން ކައުންސިލަށް ފާހަގަ ކުރެވެއެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކެޑިނޭޅި ލިބެމުންދާކަން ފާހަގަކުރަމެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭއްވުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 04 ޖޫން 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ ތިޔަ ފަރާތުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބްލޮކް ނަމްބަރ F-08
ގޯތީގެ ނަމްބަރ |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް |
ގޯތީގެ ނަން |
F-08/01 |
އައްސަދު އާދަމް |
ސެވަން އެންޑް ބީ / ގދ.ތިނަދޫ |
ހާއިލް |
F-08/07 |
އާމިނަތު ނާސިރު |
ލަކްސްލިން / ގދ.ތިނަދޫ |
ވަނި |
F-08/08 |
މުޙައްމަދު އަޒުހީމް |
ބްރޫމް / ގދ.ތިނަދޫ |
ދެނަކުރި |
މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.
27 ޛުލްޤައިދާ 1445
04 ޖޫން 2024